އޮޅުވެލި ބީޗް އެންޑް ސްޕަރ ރިސޯޓުގެ ގެސްޓް ރޫމެއްގައި އަލިފާން ރޯވެއްޖެ އެވެ. 

އެމްއެންޑީއެފުން ބުނީ އޮޅުވެލި ރިސޯޓުގެ ގެސްޓު ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ ލޯންޗު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 12:25 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

---------------------

01:08 - ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން އަލިފާނުގެ 25 އިންސައްތަ ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނޭ. 

01:50 - ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން އަލިފާން ކޮންޓްރޯލްކޮށްފި. 

---------------------

މި އަލިފާނުގެ ހާދިސާގައި ލިބިފައިވާ ގެއްލުމުގެ މައުލޫމާތެއް އެމްއެންޑީއެފުންވެސް އަދި ރިސޯޓުންވެސް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ ރޫމަކީ ފަތުރުވެރިން ތިބި ރޫމެއްކަމެއްވެސް ކަށަވަރެއް ނުވެ އެވެ. އެމްއެންޑީއެފުން ބުނީ އިތުރު ތަފްސީލް ލިބޭވަރަކުން ހިއްސާކުރާނެކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.