ގއ. ވިލިގިނގިލި ދަނޑުގައި އަޅާފައި އޮތް މެޓުގައި ރޯކޮށް، ބޮޑެތި ގެއްލުންތަކެއްދީފި އެވެ.
ފުލުހުން ބުނީ ގއ. ވިލިނގިލި ޔޫތް ސެންޓަރުގެ ތެރޭގައި ހުރި ފުޓްސަލް ދަނޑުގައި އަޅާފައިއޮތް މެޓުގައި ބަޔަކު އަލިފާން ރޯކޮށްލާފައިވާކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހޯމަ ދުވަހު 19:54 ހާއިރު ހުށަހެޅިފައިވާކަމަށެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަކަމަށެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވިޑިއޯއިން ފެންނަގޮތުގައި މެޓުގައި އަލިފާން ރޯކުރާއިރު، އަލިފާން ނުހިފުމުން ފަނުގައި ރޯކޮށް، މެޓު ގަނޑުގައި ރޯކުރުމަށް މަސައްކަތް ކުރެ އެވެ. އަދި އެ މަންޒަރު ބެލުމަށް ބަޔަކު ތިބޭއިރު، އެކަމަށް ހިތްވަރުދޭ އަޑުވެސް އިވެ އެވެ.