ވަގުތު ނޫހުގައި ޝާއިއު ކުރި ތަހުގީގީ ރިޕޯޓަކާ ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދިން މައްސަލަ ތަހުޤީޤްކުރަމުން އަންނަކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ. 

ފުލުހުން ބުނީ މީޑިއާގެ އެކި ފަރާތްތަކަށްދޭ މިފަދަ އިންޒާރުތައް ފުލުހުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި މިފަދަ މައްސަލަތައް ހާއްސަ ސަމާލުކަމެއްދީގެން ތަހުޤީޤްކޮށް ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ.

ވަގުތުގެ ނޫސްވެރިން ވަނީ އައްޑޫ ސިޓީގައި ހައްދު ފަހަނައަޅާފައިވާ ފިކުރު ފެތުރެމުންދާ ގޮތާ ގުޅޭ ގޮތުން ރިޕޯޓެއް ޝާއިއުކޮށްފައެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ނޫސްވެރިންގެ ފޮޓޯ އާންމުކޮށް ގިނަ އިންޒާރުތަކެއް ދަނީ ދެމުންނެވެ. އެގޮތުން މަރުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ ގޮވާލާފަ އެވެ. އެމްޖޭއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" މި ނަމުގައި "ވަގުތު" ނޫހުން ޝާއިއުކުރި ލިޔުމަކާ ގުޅިގެން ސޯޝަލް މީޑިއާގައި "ވަގުތު" ނޫހުގެ ނޫސްވެރިންނަށް އިންޒާރު ދެމުން އަންނަކަމަށް އެ ނޫހުން، އެމްޖޭއޭގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.