އިސްލާމީ މަރުކަޒު މަރާމާތު ކުރުމަށްޓަކައި މިހާތަނަށް ކުރިއަށް ގެންދެވޭ އެންމެ ބޮޑު މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ. 

އިސްލާމިކް މިނިސްޓްރީއިން މިހެން ބުނީ މަރުކަޒު ރަނގަޅު ގޮތުގައި ބަލަހައްޓަމުން ނުދާ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު ވަހީދު އިއްޔެ ކަންބޮޑުވުން ފާޅު ކުރައްވާފައިވާތީއެވެ. 

މިނިސްޓްރީއިން ކުރި ޓްވީޓެއްގައި ބުނީ އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ޚަލީފާ ފައުންޑޭޝަން އާއި ހަވާލުކޮށްގެން 2019 ވަނަ އަހަރުންފެށިގެން ދަނީ ކުރަމުން ކަމަށެވެ. އެގޮތުން މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތް ނިމި ބޭރުގެ ބައެއް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ގުއްބު އަދި މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ވަނީ ތައްޔާރުވެފައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.