މިޔަރު އުރަހަތައް ރާއްޖެއިން ބޭރުކުރަން އުޅުނީ އެންޒީ ކުންފުނިން ނޫން ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ބުނެފިއެވެ.

އޮޅުވާލައިގެން ލޮނު މަސް ކަމަށް ބުނެ މިޔަރު އުރަހަތަކެއް ބޭރު ކުރަން އުޅެނިކޮށް ވަނީ ހިފަހައްޓާފައެވެ. ވައިގެ މަގުން ބޭރު ކުރަން އުޅުނު އެ އުރަހަތައް އަޅާފައިހުރީ އެންޒީގެ ފޮށިތަކަކަށެވެ. 

ކަސްޓަމްސްއިން ފުރަތަމަ އާންމުކުރި ފޮޓޯތަކުން އެ ފޮށިތަކުގައި އެންޒީގެ ލޯގޯ ހުރިތަން ސާފުކޮށް ފެނެއެވެ. ނަމަވެސް ފަހުން އެ ކުންފުނީގެ ތަސައްވަރު ގޯސްވާތީ ކަސްޓަމްސްއިން ވަނީ އެ ފޮޓޯތައް ޑިލީޓްކޮށްލާފައެވެ. 

ކަސްޓަމްސްއިން ބުނީ އުރަހަތައް ބަންދުކޮށްފައިހުރީ އެންޒީގެ ފޮށިތަކެއްގައި ނަމަވެސް ޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއާކޮށްފައިވަނީ އެންޒީއިން ނޫން ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.