2020 ވަނަ އަހަރު ކޮވިޑު-19ގެ ނުރައްކާތެރި ހާލަތުގެ ސަބަބުން ފިލްމީ ސިނާއަތުގެ މުސްތަޤުބަލާ މެދު ވަނީ ސުވާލު އުފެދިފައެވެ. ފިލްމުތައް ސިނަމާއަށް ރިލީޒް ކުރުން ލަސްކުރުމާއި ބައެއް ފިލްމުތަކުގެ ޝޫޓިންތައް ވެސް ވަނީ މެދުކަނޑާލާފައެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރަށް ވަރަށް ގިނަ އަދަދެއްގެ ފިލްމުތައް ރިލީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ބެލުންތެރިން އެންމެ ކަމުދާނެހެން ހީވާ ފިލްމުތަކަށް އަލިއަޅުވާލާނަމެވެ.

ދަ ކޮންޖުއަރިން: ދަ ޑެވިލް މޭޑް މީ ޑޫ އިޓް

މިހާތަނަށް ބޮކްސް އޮފިސްގައި އެންމެ ކާމިޔާބު ބިރުވެރި ފިލްމުތަކުގެ ތެރެއިން 9 ވަނައަށް ޖާގަ ހޯދާފައިވާ "ދަ ކޮންޖުއަރިން" ގެ ތިންވަނަ ފިލްމު ވަނީ މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައެވެ. ކުރީ ފިލްމުތަކެކޭ އެއްގޮތަށް މި ފިލްމުންވެސް އެޑް އަދި ލޮރެއިން ވޯރެންގެ ޝަޙުސިއްޔަތުތަށް ފެނިގެންދެއެވެ. ކުރީ ދެ ފިލްމެކޭ އެއްފަދައިން މި ފިލްމަކީ ވެސް ހަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމުން ދައްކައިދެނީ 1981 ވަނަ އަހަރު މަރުގެ ތުހުމަތެއް އޮތް މީހެއް ކަމަށްވާ އާރން ޖޯންސަން އޭނާއަށް ޖިންނި އަވަލައިފި ކަމަށް ބުނެ އޭނާ މަރާލި ކަމަށް ބުނި މީހާ މަރާލާ ހާދިސާއެވެ.

އެފް9

ފާސްޓް އެންޑު ފިއުރިއަސް ސީރީޒްގެ 9 ވަނަ ފިލްމުގައި ފެނިގެންދަނީ ޑޮމިނިކް ޓޮރެޓޯއާއި އެނާގެ ސްޓްރީޓް ރޭސިން ގޭންގް ޑޮމިނިކްގެ ކޮއްކޮ ޖެކޮބް އާއި ކުރިމަތިލާންޖެހޭ މަންޒަރެވެ. ޖެކޮބް ވަނީ އޭނާގެ ބޭބެއަށް ބަދަލު ހިފުމަށްޓަކައި ޑޮމިނިކްގެ ކުރޫގެ އެންމެ ބޮޑު ހަތުރު ކަމަށްވާ ސައިފާއާ އެއްބައިވެފައެވެ. މިގޮތުން ޖެކޮބް ގެ ރޯލްއިން ފެނިގެންދާނީ ޖޯން ސީނާއެވެ.

ބުލެކް ވިޑޯ

"އަޔަން މޭން 2" އިން ސްކާލެޓް ޖޮހޭންސަން ނަތާޝާ ރޯމަންގެ ގޮތުގައި ފެނިގެން ދިޔަތާ 11 އަހަރު ފަހުން އޭނާގެ ޝަޙުސިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ސްކާލެޓް ޖޮހޭންސަން ލީޑް ރޯލް އިން ފެނިގެންދާނެއެވެ. މި ފިލްމުން ދައްކައިދެނީ 2016 ގެ "ކެޕްޓަން އެމެރިކާ: ސިވިލް ވާރ" އަށްފަހު ނަތާޝާ ރަޝިއާ އަށް އެނބުރިގޮސް އޭނާގެ މާޒީގެ ކަންތައްތަކާއި ކުރިމަތިލާތަނެވެ.

ސިންޑްރެލާ

މަޝްހޫރު ލަވަކިޔުންތެރިޔާ ކަމިލާ ކަބައްޔޯ ލީޑް ރޯލްއިން ފެނިގެންދާ މި ފިލްމަކީ ޑިސްނީ ކާރޓޫން ސިންޑްރެއްލާ އަށް ހަދާ ރީމޭކެކެވެ. ޤަބޫލު ކުރެވޭ ގޮތުގައި މި ފިލްމުން ބިލް ޕޯރޓަރ ފެނިގެންދަނީ ފެއަރީ ގޮޑްޕޭރެންޓެއްގެ ގޮތުގައެވެ.

ދަ ބޮސް ބޭބީ: ފެމިލީ ބިޒްނަސް

"ދަ ބޮސް ބޭބީ: ފެމިލީ ބިޒްނަސް" މި ފިލްމު ފެށޭއިރު ފެނިގެންދަނީ ދެ ބޭބެއިން ކަމަށްވާ ޓިމްއާއި ޓެޑް ޓެމްޕްލްޓަން ދެމީހުން ބޮޑެތި މީހުންނަށްވެ އެކަކު އެނެކަކާ ބީރަށްޓެހިވެފައިވާ ތަނެވެ. ނަމަވެސް އާ ބޮސްބޭބީއެއް އައުމުން އެމީހުންގެ އާއިލާގެ މުސްތަޤްބަލް އަބަދަށްޓަކައި ބަދަލުވުމުން މިދެބޭބެއިން އަލުން ގުޅެންޖެހޭނެއެވެ.

މިނިއަންސް: ދަ ރައިޒް އޮފް ގުރޫ

ވަރަށް ގިނަ ބައެއްގެ ތެރޭގައި މަޝްހޫރު މިނިއަންސްގެ އާ ކާރޓޫންގެ މިއަހަރު ތެރޭގައި ރިލީޒް ވުމަށް ވަނީ ހަމަޖެހިފައެވެ. މި ކާރޓޫން އިން ދައްކައިދެނީ 12 އަހަރުގައި ގުރޫ މިނިއަންސްގެ އެހީއާއެކު ސުޕާރ ގުރޫޕް ވިޝިއަސް 6 އާ ގުޅެން ކުރާ މަސައްކަތެވެ.. ވިޝިއަސް 6 އިން ގުރޫ އެމީހުންގެ ގުރޫޕަށް ބައިވެރިވިޔަ ނުދިނުމުން ގުރޫ އެމީހުންގެ އެއްޗެއް ވަގައް ނަގައެވެ. އެހީއަށްޓަކައި ގުރޫ ދެން ދަނީ އެގުރޫޕްގެ ކުރީގެ ލީޑަރ އެލަން އާރކިންގެ ގާތަށެވެ.

މިޝަން އިމްޕޮސިބަލް 7

ގިނަ އަހަރުތަކެއް ވަންދެން ކާމިޔާބު ހޯދަމުން އަންނަ މިޝަން އިމްޕޮސިބަލް ސީރީޒްގެ 7 ވަނަ ފިލްމުގައި ވެސް ޓޮމް ކުރޫޒް ފެނިގެންދާނެއެވެ. މި ފިލްމުގެ ޕްލޮޓާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައި ނުވާއިރު ރެބެކާ ފާރގަސަން، ވެނީސާ ކާރބީ އަދި އެންޖެލާ ބެސެޓް އަނެއްކާވެސް މި ސީރީޒް އިން ފެނިގެންދާނެވެ.

ޝާލޮކް ހޯލްމްސް 3

10 އަހަރުގެ ދިގު ބުރޭކަކަށް ފަހު ޝާލޮކް ހޯލްމްސްގެ 3 ވަނަ ފިލްމު މިއަހަރު ރިލީޒްވާނެއެވެ. ޝާލޮކް ހޯމްސްގެ ރޯލު އަދާ ކުރާ ރޮބާރޓް ޑައުނީ ޖޫނިއަރ މިހާރު މާރވެލް ފިލްމުތައް ކުޅެ ނިމުމުން ދެން ފެނިގެންދާނީ ޝާލޮކް ހޯލްމްސް ސީރީޒްއިންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.