ނިޔަމަ މޯލްޑިވްސް ރިސޯޓްއިން އިތުރު ފަސް މީހަކު ޕޮޒިޓިވްވެ ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު 12 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ނިޔަމަ ރިސޯޓްއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައިވަނީ ޑިސެމްބަރު މަހުގެ 30ވަނަ ދުވަހުއެވެ. އެ ދުވަހު 7 ކޭސްއެއް ފެނުމާއި ގުޅިގެން ރަށް މޮނިޓަރިންގ ހާލަތަށް ލައި އަރައި ފޭބުން މަނާކޮށްފައިވެއެވެ. އަދި ކޮންޓެކްޓްސްގެ ގޮތުގައި 17 ފަރާތެއްގެ ސާމްޕަލް ނަގާފައިވެއެވެ.

އެޗްޕީއޭއިން މިއަދު މައުލޫމާތު ދީފައިވާ ގޮތުގައި، މި 17 ސާމްޕަލްގެ ތެރެއިން 5 ސާމްޕަލްއެއް ވަނީ ރޭ ޕޮޒިޓިވްވެފައެވެ. މިއާއެކު ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 12 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ފަތުރުވެރިންނާއި މުވައްޒިފުންވެސް ހިމެނެއެވެ.

ފިނި މޫސުމާއި ގުޅިގެން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، މިހާރު ފަތުރުވެރިން ޕޮޒިޓިވްވާ މިންވަރުވެސް ވަނީ މަތިވެފައެވެ. އެގޮތުން، އިއްޔެ 30 މީހަކު ކޮވިޑް-19އަށް ދިވެހިރާއްޖެއިން ޕޮޒިޓިވްވި އިރު، އޭގެ ތެރެއިން 13 ކޭސްއަކީ ރިސޯޓްތަކުން ފެނިފައިވާ ކޭސްތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.