ޑްރަގް ރިމާންޑް ސެންޓަރެއް ކ.ގުޅީފަޅުގައި ގާއިމްކުރަން ނިންމާފައިވާކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން ބުނެފިއެވެ.

އެންޑީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ފަރުވާ ދިނުމަށް އެޅުމަށް ހަމަޖެހިފައިވާ ރިމާންޑް ސެންޓަރެކެވެ. އެގޮތުން، ޑްރަގްއާ ގުޅޭ ކުށްތަކުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދުގެ މުއްދަތުގައި ބޭނުންވާ އަސާސީ ފަރުވާ މިތަނުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް އެންޑީއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ސެންޓަރު ހިންގުމަށް ހަމަޖެހިފައިވަނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކާއި ގުޅިގެން، ބޭނުންވާ ވަސީލަތްތައް ހޯދުމަށްފަހުއެވެ. މިއީ އެތަނަށް ގެންދާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އޭގެ އެންމެ ފުރިހަމަ ސިފައިގައި ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

އެންޑީއޭއިން ޑްރަގް ރިމާންޑް ސެންޓަރެއް ކ.ގުޅީފަޅުގައި އެޅުމަށް ނިންމާފައިވާއިރު، އެ އޭޖެންސީގެ ހިންގުން ގޯސްވެ، ލިބެންޖެހޭ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެގޮތުން، އެންޑީއޭ ރިފޯމް ކުރަންޖެހޭ ކަމަށްބުނެ ގިނަ ބަޔަކުވަނީ ދާދިފަހުންވެސް މުޒާހަރާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.