މުއްދަތު ހަމަވެފައިވާ އައިޑީ ކާޑާއެކު ދަތުރުނުކުރެވޭ ގޮތް ހަދައިފިއެވެ.
މިގޮތަށް އަމަލުކުރަން ފަށާފައިވާކަން ހާމަކުރަމުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ ސެކިއުރިޓީ ޗެކްޕޮއިންޓް ތަކުން 1 ޖަނަވަރީ 2021ން ފެށިގެން އެތެރޭގެ އުދުހުން ތަކުގައި ދަތުރު ކުރައްވާ ދިވެހިން ގެ ބަލައިގަންނާނީ ހަމައެކަނި މުއްދަތު ހަމަނުވާ އައިޑާ ކާޑް، ޕާސްޕޯޓް އަދި ޑްރައިވިންގ ލައިސަންސް ކަމަށެވެ.
މީގެކުރިން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ވެސް އެތެރޭގެ އުދުހުންތަކުގައި ބަލައިގަންނަމުން ދިޔައެވެ. އެގޮތުން ކޮވިޑް 19 އާ ގުޅިގެން އައިޑީ ކާޑް އައުުކުރުމަށް ހުރި ގޮންޖެހުންތަކާއި ގުޅިގެން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް މިދިޔަ އަހަރުގެ އޮގަސްޓް މަހާ ހަމަޔަށް އެތެރޭގެ އުދުހުންތަކަށް އައީ ބަލައިގަންނަމުންނެވެ. އަދި އެ މުއްދަތު މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރުވެސް ކުރިއެވެ.