އެއާޕޯޓަށް ފުރަން ގޮސް ހުރެ ބޮމެއް ކަމަށް ބުނެ ވާހަކަ ދެއްކި މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ ރައްޔިތެކެވެ. މިއީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު 13:30 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ގޮސް ހުރެ ބޮމެކޭ ބުނެ ވާހަކަ ދައްކާފައިވާ ކަމުގެ ތުހުމަތުގައެވެ. 

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަސް ބަންދަށް ޖަހައިދީފައެވެ. މި މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.