އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ ކޮންޓްރެކްޓްގެ ފަހު ހަ މަސް ދުވަސް ގުނަމުންދާއިރު އެހެން ޓީމުތަކާއި ޓްރާންސްފަރއާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާއަށް ވަނީ ހުޅުވިފައެވެ. 

ބާސާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހު ހަމަވާއިރު އަދިވެސް ކޮންޓްރެކްޓް އައުކުރުމާމެދު އޭނާ ގޮތެއް ނިންމާފައެއް ނުވެއެވެ. މިދިޔަ ޓްރާންސްފަރ މާކެޓުގައި އޭނާ ބާސާ ދޫކޮށްލަން ބޭނުންވިއިރު އެ ކްލަބުން އޭނާ ދޫކޮށްލުމަށް ދެކޮޅު ހެދިއެވެ. މިކަމާއި ގުޅިގެން އޭނާ ބާސާގައި މަޑުކުރިއިރު އެކްލަބްގެ މެނޭޖްމަންޓް އިންތިހާބާއެކު އޭނާ އެކްލަބްގައި މަޑުކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެކޯޑް ހަފަހަރު ހޯދާފައިވާ މެސީ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީއާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ކަމަށް ރިޕޯޓްތައް ބުނެއެވެ. 2001 ވަނަ އަހަރު ބާސާގެ ޔޫތު ޓީމާއި ގުޅުނުފަހުން މެސީ އެހެން އެއްވެސް ޓީމަކަށް ކުޅެފައެއް ނުވެއެވެ. އެހެން ނަމަވެސް އެހެން އެއްވެސް ކްލަބަކާއެކު މެސީ މިހާތަނަށް ވާހަކަ ދައްކާފައިނުވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. 

ވަރަށް ފަހުން މެސީ ދިން އިންޓަވިއުއެއްގައި އޭނާ ވެސް ވަނީ މިހާރު އޭނާ ފޯކަސް ކުރަމުންދަނީ މި ސީޒަނުގައި ބާސާއާއެކު ކާމިޔާބު ހޯދަން ކަމަށް ބުނެފައެވެ. މިވަގުތު އެއް މެޗު އިތުރަށް ކުޅެގެން ބާސާ އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވުރެ 10 ޕޮއިންޓް ފަހަތުން ތާވަލުގެ ހަވަނާގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.