ހއ. ކެލާގައި ގާއިމްކުރި ކުޑަކުދިންގެ ޕާކްގެ މަސައްކަތް ނިންމާލައިފިއެވެ. 

މި ޕާކް އެ ރަށުގައި ގާއިމްކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުންނެވެ. މި ޕާކް ނިމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވީ މިއީ އެ މިނިސްޓްރީގެ ފަރާތުން 36 ރަށުގައި ގާއިމްކުރާ ޕާކްތަކުގެ ތެރެއިން އެއް ޕާކް ކަމަށާއި މި މަސައްކަތް ނިންމާލުމަށް އެހީތެރިވެދެއްވި ކެލާ ކައުންސިލާއި އެ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. 

ހަމައެހެންމެ އެއްވެސް ރަށެއްގެ އާބާދީއަށް ބެލުމެއް ނެތި އެއްވެސް ތަފާތުކުރުމެއް ނެތިވެ 104 ރަށެއްގައި ޕާކް ގާއިމްކުރުމުގެ މަސައްކަތް އެމިނިސްޓްރީއިން ކުރަމުންދާކަމީ އުފާކުރައްވާ ކަމެއް ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. މީގެތެރެއިން 67 ރަށެއްގައި ޕާކް ގާއިމްކުރުމުގެ މަސައްކަތް އެމިނިސްޓްރީއިން ކުރަމުން އަންނަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. 

މި ރަށްރަށުގައި ޕާކްތައް ގާއިމްކުރުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ގަސްތައް ނުކަނޑައި ޕާކްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް މީގެކުރިން މަހްލޫފް އެދިވަޑައިގެންފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.