އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ރިޓަޔަރ ކުރައްވައިފިއެވެ.

އޭނާ ރިޓަޔަރ ކުރެއްވިކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވަނީ ކަށަވަރުކޮށްދެއްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑރ.ފައިރޫޝް އަށްވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީއަކުން ވަޒީފާ ހަމަޖެހިފައެވެ.

ޑރ.ފައިރޫޝް މަގާމުން ރިޓަޔަރ ކުރެއްވުމާއި ހަމައަށް މަސައްކަތް ކުރައްވަމުން ގެންދެވީ ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަގާމުގައެވެ. އެ މަގާމަށް އައްޔަންކުރުމުގެ ކުރިން ކޮވިޑުގެ އޮޕަރޭޝަނާ ގުޅިގެން ވަގުތީ ގޮތުން މާލެ ސަރަހައްދު ހިމެނޭ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ ގޮތުގައިވެސް އޭނާ މަސައްކަތްކޮށްފައިވެއެވެ. 

20 އަހަރަށްވުރެ ދިގު މުއްދަތަކަށް ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރައްވާފައިވާ ޑރ. ފައިރޫޝް އެ މަގާމުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެން އޭނާ ކޮށްދެއްވާފައިވާ ހިދުމަތަށް ސީޕީ ހަމީދުވަނީ ޝުކުރުއަދާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.