ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ (އޭޕީ)ގެ ރައީސްއާއި ނައިބު ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީއިން ހުޅުވާލައިފިއެވެ.

އޭޕީގެ ރައީސްއާއި ނައިބު ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީއިން ހުޅުވާލާފައިވަނީ އިއްޔެއެވެ. މިކަމާއި ގުޅިގެން އެ ޕަޓީއިން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން، ޕާޓީގެ ރައީސްއާއި ނައިބު ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 9 ޖެނުއަރީ 2021ގެ 14:00އާ ހަމައަށެވެ.

ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބާއްވަވާ "ރިޔާސީ އިންތިހާބު" ބޭއްވެވުމަށް ހަމަޖެހިފައިވަނީ 23 ޖެނުއަރީ 2021ގައެވެ. 

އަދާލަތު ޕާޓީގެ މިހާރުގެ ރައީސަކީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲއެވެ. ނައިބު ރައީސަކީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. އެ ދެ ބޭފުޅުންވެސް އަލުން މަގާމަށް ކުރިމަަތިލައްވާނެކަން އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.

އަދާލަތު ޕަޓީގެ ގަވާއިދު އޮންނަ ގޮތުން، ރައީސްއާ ނައިބު ރައީސްއަށް ކުރިމަތިލައްވަން ޖެހޭނީ އެކުއެކީގައެވެ. ޕާޓީގެ ރައީސްކަމުގެ މަގާމަށް ޝެއިހް އިމްރާން އެންމެ ފުރަތަމަ އިންތިހާބު ކުރެވުނީ 2011ވަނަ އަހަރުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.