ކުރީގެ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 2 މެމްބަރުން ކަމަށްވާ މުހައްމަދު އަބުދުލް ކަރީމް (ރުކުމާ) އަދި ތުލުސްދޫ ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.
ޕީޕީއެމްއަށް މަލީހު އާއި ރުކުމާގެ އިތުރުން ވައްޑެ ސޮއިކުރެއްވީ އެ ޕާޓީގެ އޮފީހުގައިމިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިރޭ ޕީޕީއެމްއާ ގުޅިވަައިގެންނެވި @maleehjamal އަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގައްޔާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ނަމުގައި މަރްޙަބާ ދަންނަވަން. pic.twitter.com/wZ06gXNIkI
— Progressive Party of Maldives (@ProgressPartyMV) July 19, 2021
ޕީޕީއެމް އިން ކުރި ޓުވީޓެއްގައި ބުނީ، އެޕާޓީއާ މިރޭ ގުޅިވަޑައިގެންނެވި ކުރީގެ ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު އާއި ކުރީގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ރުކުމާ އަދި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރ ވައްޑެއަށް ކުރީގެ ރައީސް، އަދި ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި ޝުކުރެއް އަދާކޮށްފައެވެ.
މިރޭ ޕީޕީއެމްއާ އަލަށް ގުޅިވަައިގެންނެވި @Lawyer_Waddey އަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގައްޔާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ނަމުގައި މަރްޙަބާ ދަންނަވަން. pic.twitter.com/DM5yhr3xsW
— Progressive Party of Maldives (@ProgressPartyMV) July 19, 2021
މިއީ މަލީހު އަދި ވައްޑެ ޕީޕީއެމްއަށް ސޮއިކުރެއްވި ދެވަނަ ފަހަރު ކަމަށްވާއިރު، މި ދެ ބޭފުޅުންވެސް އެންމެ ފަހުން ތިއްބެވީ ޖޭޕީގެ މެމްބަރުންގެ ގޮތުގައެވެ. އޭގެ ތެރެއިން މަލީހު ޖޭޕީން މިދިޔަ މާޗު މަހުގެ ތެރޭގައި ވަކިވެފައިވާއިރު، ޕީޕީއެމްއާ މިރޭ ގުޅުމާ ހިސާބަށް އޭނާ ހުންނެވީ ޖޭޕީގެ މެމްބަރެއް ގޮތުގައެވެ.
މިރޭ ޕީޕީއެމްއާ އަލަށް ގުޅިވަައިގެންނެވި @RukumaA އަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގައްޔާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ނަމުގައި މަރްޙަބާ ދަންނަވަން. pic.twitter.com/xsm0Z250pB
— Progressive Party of Maldives (@ProgressPartyMV) July 19, 2021
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި 2019 ވަނަ އަހަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) އާ ވާދަކޮށް، ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ރުކުމާ ވަނީ އެކަމާ ވިދިގެން، އެމްޑީޕީގެ މެމްބަރު ވަކިވެ، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލިސް އިންތިހާބުގައި ވާދަކޮށް، ނާކާމިޔާބުވެފައެވެ.