ކޮވިޑް 19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިޞާދު މީގެކުރިން ނުވެއްޓޭފަދަ ބޮޑު އަނދަވަޅަކަށް ވެއްޓުމަށްފަހު އަންނަ އަހަރަކީ އަނެއްކާ ވެސް އިގްތިޞާދު ކުރިއަރާނެ އަހަރެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފިއެވެ. 

އެގޮތުން ކޮންމެ މަހަކު އެއް ފަހަރު އެ އިދާރާއިން ނެރޭ އިކޮނޮމިކް އަޕްޑޭޓް ބުލެޓިންގައި ވަނީ އަންނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 13.5 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކޮށްފައެވެ. ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް މުޅި އިގްތިޞާދުހެން މިއަހަރު ހުއްޓުނުއިރު އޭގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު މިއަހަރުގެ ތެރޭގައި 29.3 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. އެގޮތުން ފަތުރުވެރިކަމާއި، ހޯލް ސޭލް އަދި ރީޓެއިލާއި، ކޮންސްޓްރަކްޝަން އަދި ރިއަލް ސްޓޭޓްގެ އިތުރުން ކޮމިއުނިކޭޝަން އަދި ދަތުރުފަތުރުގެ ދާއިރާ ވެސް ދަށަށް ދިޔަ ކަމަށް އެ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ އިންފްލޭޝަން ރޭޓް ނެގެޓިވްކޮށް މިއަހަރު ނިމެންދާއިރު ވެސް ހުރިއިރު މިއީ މައިގަނޑު ގޮތެއްގައި ކޮވިޑާއި ގުޅިގެން ބޯހިޔާވަހިކަމާއި ލޯނުތައް ދެއްކުމާއި އަދި އެހެނިހެން ގޮތްގޮތުން ދީފައިވާ ލުއިތަކުގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ. 

ރާއްޖޭގެ ރިޒާވްގައި ނޮވެމްބަރު މަސް ނިމުނުއިރު 629.9 މިލިއަން އެމެެރިކާ ޑޮލަރު ހުރިއިރު މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާކިޔާއިރު ހަތަރު އިންސައްތައިގެ ކުރިއެރުމެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.