ސްޓެލްކޯގެ ގްރީންލައިފް އިނީޝިއޭޓިވްގެ ދަށުން ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ހަކަތައް އުފެއްދުމަށް ރާއްޖޭގެ މާހައުލާއި ގުޅޭ "ސޯލަރ ޕޮޑް" މާކެޓަށް ތައާރަފްކޮށްފިއެވެ. 

މިއީ ރާއްޖޭގެ މާހައުލާއި އެންމެ އެކަށޭނެ ގޮތަށް ފަރުމާކުރެވިފައިވާ ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. މިއާއެކު ސްޓެލްކޯ ވެގެންދިޔައީ ރާއްޖޭގައި ފްލޯޓިންގް ސޯލަރ ޕެނަލް މެދުވެރިކޮށް ހަކަތަ އުފެއްދުން ތަޖުރިބާކުރި ފުރަތަމަ ކުންފުންޏަށެވެ. މި ޕޮޑްތަކަކީ ރަނގަޅަށް ބެލެހެއްޓޭނަމަ 25 އަހަރު ދުވަހު ބޭނުންކުރެވޭނެ ޕޮޑްތަކެއް ކަމަށް އެކުންފުނިން ބުނެއެވެ. އެ ކުންފުނިން ވަނީ މި ޕޮޑްތަކަކީ ރާއްޖެއަށް އެކަށޭނެ ވަސީލަތްތަކެއްތޯ ބެލުމަށް ވ. އަތޮޅުގައި ޓެސްތ ބުރުތަކެއް ވެސް ކުރިޔަށް ގެންގޮސްފައެވެ. 

ހަމައެހެންމެ މިއިން ކޮންމެ ސޯލަރ ޕޮޑެއްގައި 330 ވޯލްޓްގެ 8 ސޯލަރ ޕެނަލް ހަރުކުރެވިފައިވާނެ ކަމަށް އެކުންފުނިން ބުނެއެވެ. ކުރިޔަށް އޮތް ތަނުގައި ސޯލަރ ޕޮޑްގެ އިތުރު ސައިޒްތައް ސްޓެލްކޯއިން ބާޒާރަށް ނެރޭނެއެވެ. ހަމައެހެންމެ ފުރާޅެއްގައި ހަރުކުރާ ޕެނަލްތަކަށްވުރެ މި ޕޮޑްތަކުގައި ހަރަކުރާ ޕެނަލްތަކުގެ އެފިޝިއެންސީ މާ ރަނގަޅު ކަމަށް ވެސް އެކުންފުނިން ބުނެއެވެ. އެގޮތުން މަހަކަށް 360 ޔުނިޓްގެ ކަރަންޓް މި ޕޮޑްތަކުން އުފައްދައިދޭނެ ކަމަށް ވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ. 

މި އުފެއްދުން އަންނަ ޖެނުއަރީ މަހު ކަސްޓަމަރުންނަށް ލިބެން ހުންނާނެ ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ. 

އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ސްޓެލްކޯއިން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.