ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަހްމަދު ހދ. ކުމުންދޫ ސިއްހީ މަރުކަޒަށާއި، ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާ ލައްވައިފިއެވެ.

މި ތަންތަންތަނުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ކުމުންދޫ ފެނާ ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ސަރަހާއްދަށް ޒިޔާރަތްކުރައްވައި އެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި ކުމުންދޫ ކުޅީ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ ސަރަހައްދުވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައްލަވާ ލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުމުންދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެ ޙާލަތު ބައްލަވާލައްވާފައިވާއިރު އެ ސްކޫލުގެ ޖާގައިވެ ދަތިކަން ހައްލުކުރުމަށް އިމާރާތްކުރާ 12 ކްލާސްރޫމްގެ މަޝްރޫއު މިހާރު އޮތީ ޕްރީ ޓެންޑަރިންގ މަރުހަލާގައެވެ.

ކުމުންދޫ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ  އަމަލީ މަސައްކަތުގެ މިހާރު ކުރިޔަށްދަނީ ވޯޓަރ ނެޓްވާރކްގެ މަސައްކަތާއި އާރްއޯ ބިލްޑިންގްގެ މަސައްކަތެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުމުންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. އަދި، ކުމުންދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *