ރ. ދުވާފަރުގައި ރުގްޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ދަރިންނަށް ޖިސްމާނީ އަދި ޖިންސީ އަނިޔާކުރި ދެ މީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ. 

މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ދިވެހި ދެ ފިރިހެނުންގެ މައްޗަށެވެ. އެގޮތުން ދައުވާ އުފުލާފައިވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ، އިސްމާއީލް ވަހީދު އަދި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށެވެ. މި މީހުންގެ ތެރެއިން އިސްމާއީލް ވަހީދުގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވާއިރު މުހައްމަދު އަސީލްގެ މައްޗަށް ވަނީ ހަތް ދައުވާއެއް އުފުލާފައެވެ. 

އެގޮތުން އިސްމާއީލް ވަހީދުގެ މައްޗަށް ވަނީ ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ކުށުގެ ދެ ދައުވާ އާއި ކުޑަކުއްޖަކާ މެދު އިހުމާލުވުމުގެ ދައުވާ އާއި މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާއެވެ.

އަދި މުހައްމަދު އަސީލްގެ މައްޗަށް އުފުލާފައިވަނީ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ އާއި، ކުޑަކުއްޖެއް އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އަދި ކުޑަކުއްޖެއްގެ ހާޒިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. 

މި މައްސަލާގައި ތަހުގީގު ކުރިޔަށް ގެންގޮސްފައިިވަނީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެންނެވެ. މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ މަހުގެ 24 ވަނަ ދުވަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.