ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރޓޑ) އަހްމަދު ޝިޔާމްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކުރުމަށް އުފުލައިފިއެވެ. 

އެގޮތުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ޝިޔާމް ހުންނަވަނިކޮށް 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު އެއް އަހަރާއި ހަތަރު މަހާއި 22 ދުވަހުގެ މުއްދަތަކަށް ސިފައިންގެ ވީއައިޕީ ގެޔެއްގައި ޝިޔާމްގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި ސިފައިންގެ އޮފިސަރަކާއި ހަވާލުކޮށްފައިވާތީ އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ. 

މި މައްސަލާގައި ތަހުގީގު ފުރިހަމަކުރުމަަށްފަހު އޭސީސީއިން ދައުވާކޮށްދިނުމަށް ފޮނުވާފައިވަނީ މި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މި މައްސަލާގައި ޝިޔާމްގެ މައްޗަށް ދައުވާކޮށްފައިވަނީ ޤާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އަދި (ނ) ގެ ދަށުންނެވެ. 

އޭސީސީއިން ދައުވާ ކުރުމަށް ފޮނުވުމަށްފަހު ނެރުނު ބަޔާނުގައި ވަނީ ވީއައިޕީ ގޭގައި މީހުން ބޭތިއްބުމުގައި ޢަމަލުކުރާނެ ވަކި ޚާއްސަ އުޞޫލެއް ނެތްނަމަވެސް، އެ ޢިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭ ތަންތަން ކަމަށްވާތީ، ވީއައިޕީ ގޭގައި ވެސް އާއްމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށެވެ. ޝިޔާމްގެ އެ ޢަމަލަކީ ދަޢުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަޤާމު ބޭނުންކޮށްގެން ދަޢުލަތުން ޚަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ ޢަމަލެއްކަން އޭސީސީއިން ފާހަގަކޮށްފައިވެއެވެ. 

ސިފައިންގެ ޤާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެކަން އެނގޭއިރު ވެސް ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ބެހެއްޓިކަން އޭސީސީގެ ތަހުގީގަށް އެނގިފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.