އެއްގަމު ދުއްވާ އުޅަނދުގެ އަހަރީ ފީ ސްޓިކަރ އޮންލައިންކޮށް ލިބޭނެ ގޮތް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފިއެވެ.
އެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ކުރިން ސްޓިކަރ ދޫކުރަމުންދިޔަ ގޮތަށް ބަދަލު ގެނެސް އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އައު އުސޫލަށް އަމަލުކުރަން ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކަށް އަމިއްލައަށް ޕްރިންޓް ކުރެވޭނެފަދަ ސްޓިކަރއެއް އީމެއިލް މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އަދި އެ އިދާރާގެ ކައުންޓަރުތަކަށް ވެސް އަހަރީ ފީ ދައްކަވާ ފަރާތްތަކަށް އަންނަ އަހަރުން ފެށިގެން ސްޓިކަރ ދޫކުރުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް 31 ޑިސެމްބަރުގެ ނިޔަލަށް އަހަރި ފީ ދައްކަވާ ފަރާތްތަކަށް މިހާރު ވެސް އޮންނަ އުސޫލުގެ ދަށުން އެ އިދާރާގެ ކައުންޓަރުތަކަށް ފައިސާ ދެއްކެވުމުން ސްޓިކަރ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.