ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި އައު ސަފީރު ކަމަށްވާ ޝިރުޒިމަތު ސަމީރު އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ބަންގްލަދޭޝްގެ ރައީސް އެމް.ޑީ އަބްދުލް ހާމިދަށް އަރުވައިފިއެވެ. 

ސަފީރު ކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބަންގްލަދޭޝްގެ ރައީސްގެ ރަސްމީ ގެކޮޅުގައެވެ. މި ރަސްމިއްޔާތުގައި އެގައުމުގެ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ސަފީރުކަމުގެ ފަތްކޮޅު އެކަމަނާ އެރުވުމާއި ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ ބަންގްލަދޭޝްގެ ރައީސް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ހެޔޮއެދުންތައް ފޮނުއްވާފައެވެ. 

މި ރަސްމިއްޔާތަށްފަހު ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ހުރިހާ ދާއިރާއަކުން ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ބަންގްލަދޭޝްގެ ރައީސް ދެއްވިއެވެ. އަދި ކޮވިޑް 19 އާ ދެކޮޅަށް ދެ ގައުމުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ. 

މި ރަސްމިއްޔާތުގައި އެކަމަނާއެކު ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.