ކޮވިޑް-19 އަށް ޕްޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އޭރުގައި ސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ހޮސްޕިޓަލުތަކުގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދުތައް އިތުރުވުމެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމަށް ނުކަތާވަރުގެ ހާލަތެއް މެދުވެރިވެދާނެކަމަށް ލަފާކޮށް، ފުރަތަމަ ދުވަހުން ފެށިގެންވެސް ސަރުކާރުން އައި އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީީ (ޢެޗްޕީއޭ) އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް-19 ޖެހިގެން މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 29 މީހަކަށެވެ. ނިމުނު ހަފްތާގައި މި އަދަދު ހުރީ އެވްރެޖްކޮށް 30 އިން މަތީގަ އެވެ. އަދި ކޮވިޑްގެ ހާލަތު ގޯސްވި ދުވަސްވަރު 100 އިންވެސް މައްޗަށް އެރި އެވެ.
އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ޖުމްލަ 527 މީހަކު މިވަގުތު އެބަތިބި އެވެ. އަދި ނިމުނު 24 ގަޑިއިރުގެ ތެރޭގައި 31 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. މިޔާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،691 އަށް އަރާފަ އެވެ.