ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމްގެ) ތަރުޖަމާން ހީނާ ވަލީދު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޑރ.މުއިއްޒު އެޑްމިޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ އެޑްމިޓްކޮށްފައިވަނީ ސީދާ ކޮން ކަމަކާއި ގުޅިގެން ކަމެއް ހީނާ ވަލީދު ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑރ.މުއިއްޒު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ސީރިއަސް ބައްޔެއްގެ ސަބަބުންނެއް ނޫނެވެ.
ޑރ.މުއިއްޒަކީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި، ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތެވެ. އޭނާގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، އެ މައްސަލަތަކާއި ގުޅިގެން އޭސީސީއަށްވެސް ދާދިފަހުން ހާޒިރުކޮށްފައެވެ.
މީގެއިތުރުންވެސް، ނޫމަޑި މައްސަލައިގައި ދޮގު ބަޔާން ދިނުމުގެ މައްސަލައިގައި އޭނާއަށް ދައުވާކުރުމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ.