ތާޖް އެގްޒޮޓިކާ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އަލިފާނުގެ ހާދިސާގައި ރޯވެފައިވަނީ އެ ރިސޯޓުގެ އިންޖީނުގޭގައެވެ.
އަލިފާނުގެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 20:30ހާއިރުއެވެ. އަލިފާންގަނޑު ކޮންޓްރޯލްކުރުމަށްޓަކައި އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމެންޓުން މިހާރުދަނީ ހަރަކާތްތެރި ވަމުންނެވެ.
(އިތުރު ތަފްސީލް އަންނަނީ)