2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވާ ހުކުރު ދުވަހު، މާލެ ސިޓީ މާލެ އަދި ވިލިމާލޭގައި ފައިމަގުގައި އެކަނި އުޅެވޭގޮތަށް ވަކި ގަޑިތަކެއް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

މާލެ ސިޓީ ކައުންސިލް މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، މިއަހަރު ކޮވިޑް-19ގެ ސަބަބުން މާލެ ސިޓީގެ ގިނަ ރައްޔިތުން ފުރަބަންދުވެ ދަތުރު ފަތުރުކުރުން ހުއްޓިފައިވާ ހާލަތުގައި ދުވަސްތައް ހޭދުކުރަން ޖެހުނެވެ. މިހާރުވެސް އަދި އާންމު ހާލަތަށް ދެވިފައިނުވާއިރު، މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ވެހިކަލް ދުއްވުން މަނާ ގަޑިތަކެއް ކަނޑައެޅީއެވެ.

އެގޮތުން، އަންނަ ހުކުރު ދުވަހުގެ ހަވީރު 04:00 އިން 08:00 އަށް މާލެ ސިޓީ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ދުއްވުން މަނާވާނެއެވެ. މިގޮތަށް މަނާކޮށްފައިވާ ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދީފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލާންސް، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ސައިކަލު، ޕަބްލިކް ޓްރާންސްޕޯޓް ގޮތުގައި ދެމުންދާ ބަހުގެ ހިދުމަތް، އަދި ހުއްދަ ދޫކުރެވިފައިވާ އެހެން އުޅަނދުފަހަރެވެ.

މާލެ ސިޓީ ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެ ކައުންސިލުން ކޮށްފައިވާ އިއުލާނާއި ހިލާފްވާ ފަރާތްތަކަށް އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.