އައްޑޫގައި ހިންގާ ފްލައިންގ ސްކޫލްގައި ދަރިވަރުން ބޭނުންވާ ވަސީލަތްތައް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން ބުނެފިއެވެ. 

މިކަން އެ ކޮމިޓީއިން ހާމަކޮށްފައިވަނީ އައްޑޫ ފްލައިންގ ސްކޫލް މައްސަލައިގައި އައްޑޫއަށް ކުރި ދަތުރަށްފަހުއެވެ. އެގޮތުން، އައްޑޫ ފްލައިންގ ސްކޫލްގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެކަން ތަހުގީގުކުރުމަށް އައްޑޫއަށް ވަޑައިގެން އެ ސްކޫލްގެ އިސްވެރިންނާއި، އެ ސްކޫލްގެ ދަރިވަރުންނާއި، އައްޑޫ ސިޓީ ކައުންސިލާއިވެސް ކޮމިޓީ މެމްބަރުން ވަނީ ބައްދަލުކުރައްވާފައެވެ. 

މި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ، ނައިބު މުގައްރިރު ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބޭފުޅުންގެ އިތުރުން، ހޮޅުދޫ ދައިރާގެ މެންބަރު ޔޫނުސް އަލީއާއި، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޤަނީ އަބްދުލް ހަކީމްއާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބޭފުޅުން އައްޑޫއަށް ކުރެއްވި ޒިޔާރަތުގައި އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް އާއި އައްޑޫ އެއާޕޯޓާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ތަފްސީލު ހޯދާފައިވެއެވެ. އެ އެގްރީމެންޓް އަންނަ އަހަރު ޖުލައި މަހު ހަމަވާއިރު، އެގްރީމެންޓް އައު ކުރުމުގެ ބަދަލުގައި ފްލައިން ސްކޫލެއް ހިންގުމަށް ބިޑަށް ހުޅުވަން ވަނީ ނިންމާފައެވެ. 

މި ބައްދަލުވުން ނިންމާލުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އަހްމަދު އަބްދުﷲ ވިދާޅުވީ، އޭއޭއޭގައި ކިޔަވާ ދަރިވަރުން ބޭނުންވާ ފެސިލިޓީސް މިވަގުތު އެތަނުގައި ނެތްކަމަށެވެ. މީގެ ސަބަބުން ކުދިންގެ ކޯސް ދިގުލައިގެންގޮސް، ކޯހަށް ދައްކަންޖެހޭވަރަށް ވުރެ ގިނަ ފައިސާ ކުދިންއަތުން ވަނީ ހަރަދުވެފައެވެ. 

ކޮމިޓީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާއި ގުޅިގެން އަދި ސިވިލް އެވިއޭޝަން އޮތޯރިޓީ އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.