ރައްޔިތު މީހާ ރަށު ބަންދުން ވީއްލައިދޭނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ. 

ވިސާމް މިހެން ވިދާޅުވީ ތ. އަތޮޅާއި ލ. އަތޮޅާއި ދެމެދު އެމްޓީސީސީގެ ފަރާތުން ސްޕީޑް ފެރީގެ ހިދުމަތް ފެށުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ވިސާމް ވިދާޅުވީ މި ހިދުމަތާއެކު ތ. އަތޮޅާއި ލ. އަތޮޅުގެ ރައްޔިތުންގެ ޒަމާންވީ އަޚުވަންތަކަމަށް އައު ދިރުމެއް ލިބި މާ ފާގަތި މުސްތަގުބަލެއްގެ އުއްމީދު އާވެގެންގޮސްފި ކަމަށެވެ. އަދި މީހުންނާއި، މުދާ އަދި ޚިޔާލާއި ބުއްދި އެކަކުގެ ކިބައިން އަނެކަކަށް ނަގުލުވުމަށް މާބޮޑަށް ވެސް މަގުފަހިވެގެން ގޮސްފި ކަމަށާއި މި ހިދުމަތަކީ ސަރަހައްދީ ތަރައްގީއަށް ހުޅުވިގެންދާ އައު ފުރުސަތެއްކަން ޔަގީންކުރައްވާ ކަމަށް ވެސް ވިސާމް ވިދާޅުވިއެވެ. 

ރައްޔިތު މީހާ ރަށު ބަންދުން ވީއްލައި ދޭނީ އެމްޑީޕީއިން ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށް ވެސް ވިސާމް ވިދާޅުވިއެވެ. 

އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި ތ. އަދި ލ. އަތޮޅާއި ދެމެދެ ފަށާ ލޯންޗް ފެރީގެ ޙިދުމަތް ދޭ ރޫޓްގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި ލ. ގަމެވެ.

އެގޮތުން މި ޚިދުމަތުގައި ތ. ވޭމަންޑޫއިން ތ. ތިމަރަފުއްޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 75.00 ރުފިޔާ/ ދެކޮޅު ޓިކެޓުގެ އަގަކީ 150.00 ރުފިޔާއެވެ. އަދި ތ.ވޭމަންޑޫ އަދި ތ. ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250.00 ރުފިޔާ/ ދެކޮޅު ޓިކެޓުގެ އަގަކީ 400.00 ރުފިޔާއެވެ. ތ އަދި ލ އަތޮޅާއި ދެމެދު މި ޚިދުމަތް ހަފުތާއަކު 4 ދުވަހު (ހޮނިހިރު، އާދީއްތަ، އަންގާރަ، ބުރާސްފަތި) ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.