އެމްޓީސީސީގެ ފަރާތުން ތ. އަތޮޅު އަދި ލ. އަތޮޅާއިދެމެދު ފެށުމަށް ނިންމާފައިވާ ލޯންޗް ފެރީގެ ޙިދުމަތް މިރޭ އިފްތިތާޚްކޮށް، ފުރަތަމަ ދަތުރު 29 ޑިސެމްބަރ 2020 ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. 

އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި ތ. އަދި ލ. އަތޮޅާއި ދެމެދެ ފަށާ ލޯންޗް ފެރީގެ ޙިދުމަތް ދޭ ރޫޓްގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި ލ. ގަމެވެ. 

އެގޮތުން މި ޚިދުމަތުގައި ތ. ވޭމަންޑޫއިން ތ. ތިމަރަފުއްޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 75.00 ރުފިޔާ/ ދެކޮޅު ޓިކެޓުގެ އަގަކީ 150.00 ރުފިޔާއެވެ. އަދި ތ.ވޭމަންޑޫ އަދި ތ. ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250.00 ރުފިޔާ/ ދެކޮޅު ޓިކެޓުގެ އަގަކީ 400.00 ރުފިޔާއެވެ. ތ އަދި ލ އަތޮޅާއި ދެމެދު މި ޚިދުމަތް ހަފުތާއަކު 4 ދުވަހު (ހޮނިހިރު، އާދީއްތަ، އަންގާރަ، ބުރާސްފަތި) ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ. 

 އެމްޓީސީސީއިން ވަނީ އެކުންފުންޏާއި އެކު ވަރަށް ގާތުން މަސައްކަތްކޮށްދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޒް ފައްޔާޒް އިސްމާއިލް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ، ލ.ގަމު ދާއިރާގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމް އަދި ލ. ފޮނަދޫ ދާއިރާގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖަށް ޝުކުރު ދަންނަވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.