އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތް ދުވަސްވަރު އެޕާޓީގެ ހަރަކާތްތަކުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ފެނިވަޑައިގެންނެވި ހަނދާނެއް ނުވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒު މިހެން ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީ ފިކުރުގެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ އުފެދުމުގައި ވެސް ސޯޝަލް ލިބަރަލް ޕާޓީގެ ފިކުރުގެ ބޭފުޅެއް ކަމަށް ބޮންޑޭ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. 

މި ޓްވީޓުގައި ފައްޔާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ލ. ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ފުރުއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެ ދުވަސްވަރަކީ ހުރިހާ ގޮތަކުން ވެސް އުނދަގޫ އަދި ބިރުވެރި ދުވަސްވަރެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި، އިދިކޮޅުގައި އޭރު އެމްޑީޕީއިން ހަރަކާތްތެރިވަމުން ދިޔައިރު ޕާޓީގެ ހަރަކާތްތަކުން ބޮންޑޭ ފެނިވަޑައިގެންނެވި ހަނދާނެއްނުވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީއިން ވެރިކަން ކުރަމުންދިޔަ ދުވަސްވަރާއި ރައްޔިތުންގެ މަޖިލީހުގައި ބޮންޑޭ ކުރެއްވި މަސައްކަތްތައް ހަނދާން ހުންނެވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

ސަންގު ޓީވީއިން ގެނެސްދިން ޝޯއެއްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ފައްޔާޒަކީ ސީދާ އެމްޑީޕީ މީހެއް ނޫން ކަމަށާއި އެއީ ކުރީގެ ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) ގެ މީހެއް ކަމަށެވެ. އެގޮތުން ފައްޔާޒުގެ ވިސްނުން އެމްޑީޕީއާ އެއްގޮތް ނުވާނެ ކަމަށާއި އެޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ފައްޔާޒު ހުންނެވި ނަމަވެސް އެ ޕާޓީގެ ފިކުރާއި ފައްޔާޒު ވަރަށް ބީރައްޓެހިވާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *