ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމްގައި ނުނިމިހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއިން ފަށައިފިއެވެ. 

މި މަސައްކަތްތައް
ފައްޓަވާދެއްވާފައިވަނީ، ނައިފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހުއާއި ޅ.ނައިފަރު
ކައުންސިލްގެ ރައީސާ އަލްފާޟިލާ ވިދާދު އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ އިސްވެރިން ބައިވެރިވަވަޑައިގެންނެވިއެވެ. 

ޅ.ނައިފަރުގެ ފެނާއި
ނަރުދަމާގެ މަޝްރޫޢުއަކީ މީގެ ކުރިން އެހެން ފަރާތަކާއި ހަވާލުކުރެވިގެން ކުރިއަށް
ގެންގޮސްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި ނުނިމި
ހުރި މަސައްކަތްތައް ނިންމުމަށް، ސަރުކާރުން އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލްކޮށްފައި ވަނީ 26
އޮކްޓޯބަރު 2020 ގައެވެ. 

މި މަޝްރޫޢުގައި
ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ހޮޅީގެ މައި
ނެޓްވޯރކްގެ ނުނިމިވާ 3 ކިލޯ މީޓަރގެ ފެން ހޮޅި އެޅުމާއި، އާރް.އޯ ޕްލާންޓްގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި
އާރް.އޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ ނުނިމިހުރި މަސައްކަތާއި،
ފެންރައްކާކުރުމަށް ބެހެއްޓިފައިވާ ތާންގިތަކުގެ ނުނިމިހުރި މަސައްކަތާއި، ބޯހޯލް
އަދި ރިޖެކްޓް ލައިންގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ. 

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯރކްގެ ނުނިމިވާ 3.5 ކިލޯ މީޓަރުގެ ނެޓްވޯރކް ޤާއިމްކުރުމާއި، 360 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ޕަމްޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި، 1 ސީ އައުޓް ފޯލް ޤާއިމްކުރުމާއި، ވޭލް ޗެމްބަރ ބެހެއްޓުމުގެ މަސައްކަތާއި އެސް.ޓީ.ޕީ ބިލްޑިންގ ގެ ނުނިމި ހުރި މަސައްކަތާއި އެސް.ޓީ.ޕީ ގެ ސިވިލް އަދި އިލެކްޓްރޯމެކޭނިކަލް މަސައްކަތް ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި މީގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީއިން ބުނެއެވެ. 

ފަސް މަސް ދުވަހުން މި މަސައްކަތް ނިންމާ ގޮތަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މިނިސްޓްރީ
އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ
އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.