އެފްއެސްއެމް އިން ޕެޓްރޯލް އާއި ޑީސަލް ވިއްކުމުގެ ހިދުމަތް ދެނީ -- ފޯޓޯ: ސަން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވިއްކަމުން އަންނަ ތެލުގެ އަގުތަކަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

އެސްޓީއޯ އިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި، މާދަމާއިން ފެށިގެން އެފްއެސްއެމްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނާނެ ކަމަށެވެ.

އެސްޓީއޯ އިން އަގުތަކަށް ގެންނަ މި ބަދަލާއެކު،  ޑީސަލް ލީޓަރެއް  10.95 (ދިހަ ރުފިޔާ ނުވަދިހަ ފަސްލާރި) އަށް ވިއްކުމަށް ހަމަޖެހިފައިވާ އިރު، ޕެޓްރޯލް ލީޓަރެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 10.72 (ދިހަ ރުފިޔާ ހަތްދިހަ ދެލާރި) އަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ފާއިތުވި އެއް 1 މަސް ދުވަހުގެ ތެރޭގައި ތެލުގެ އަގަށް 2 ވަނަ ފަހަރަށް އެފްއެސްއެމް އިން ބަދަލު ގެނެސްފައިވާ އިރު، އެ ކުންފުނިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހެވެ. އެފަހަރު އެ ކުންފުނިން ޕެޓްރޯލް ލީޓަރެއްގެ އަގު 10.27 އަށް ބަދަލު ކުރިއިރު، ޑީސަލް ލީޓަރެއް އަގު ވަނީ 9.74 އަށް ބަދަލު ކޮށްފައެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 71 ޑޮލަރު ގައި ހުރުމަށްފަހު، މިހާރު ވަނީ 75.20 ޑޮލަރަށް މައްޗަށް ޖެހިލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *