އިނގިރޭސިވިލާތުން ރާއްޖެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެމީހާއަކީ ޝީ ބިލްޑިންގައި އޮތް ކައިވެނީގެ ހަފުލާގައި ބައިވެރިވި މީހެއްގެ އާއިލާ މީހެކެވެ. ނަމަވެސް އޭނާ ރާއްޖެ އައީ ޕާޓީ ބޭއްވި ފަހުންނެވެ. 

އިނގިރޭސިވިލާތުން ކޮރާނާވައިރަސްގެ އާ ވޭރިއެންޓެއް ވަނީ ފެނިފައެވެ. އެ ވައްތަރު މިހާރު ވަނީ ބައެއް އެހެން ގައުމުތަކުން ވެސް ފެނިފައެވެ. މި ވައްތަރުގެ ވައިރަހަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ވައިރަހެކެވެ. އެހެންވެ ޕާޓީގައި ވައިރަސް ފެތުރިގެން ދިޔައީ އެ ވައިރަހުގެ ސަބަބުން ކަމަށް އަޑުތައް ފެތުރުނެވެ. 

ނަމަވެސް އެޗްޕީއޭއިން މިއަދު ހާމަ ކުރި ގޮތުގައި އިނގިރޭސިވިލާތުން އައި މީހާއަކީ އެ ޕާޓީގައި ބައިވެރިވި މީހެއް ނޫނެވެ. އޭނާ ކޮވިޑަށް ޓެސްޓްކުރީ އަލާމާތްތައް ފެނުމުންނެވެ. އޭނާއަކީ ޕާޓީ ކްލަސްޓާ ތެރޭގައި ހިމެނޭ މީހެއްގެ އާއިލާ މީހެކެވެ. އޭނާއަށް ކޮވިޑް ޖެހިފައިވަނީ ކިހިނެއް ކަމެއްް އަދި ނޭނގެއެވެ. 

އޭނާ ރާއްޖެ އައިއިރު ބޭރުން އަންނަ މީހުން ކަރަންޓީނުވާން ނުޖެހެއެވެ. ނަމަވެސް މިހާރު އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ މީހުން 10 ދުވަހު ކަރަންޓީނުވާން ޖެހެއެވެ. އަދި ފަސް ދުވަސްވުމުން ޓެސްޓްކޮށް ކަރަންޓީނު ދޫކޮށްލުމަށް ވެސް ޓެސްޓް ކުރެއެވެ. 

ޕާޓީ ކްލަސްޓާގައި މިހާތަނަށް 41 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ ޕާޓީގައި 120 މީހުން ބައިވެރިވެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.