ހެންވޭރު ލޮނުޒިޔާރަތްކޮޅުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގާއިމްކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. 

ރޭ ބޭއްވި ޚާއްސަ އިވެންޓެއްގައި މި ދަނޑު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއެވެ. އެމަނިކުފާނާއެކު ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތަށްފަހު ވަނީ ޔޫތު މިނިސްޓްރީގެ ޓީމަކާއި ކްލަބް ޕީކޭއާ ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އަޑިޕާކްގެ އެ ބިމަކީ ރާއްޖޭގައި އުފެދުނު މޮޅެތި ކުޅުންތެރިންތަކެއް އުފަންވެގެން އައި ބިން ކަމަށެވެ. 

ޔޫތު މިނިސްޓްރީގެ ފަރާތުން މި ދަނޑު ތަރައްގީކޮށްފައިވަނީ ޓްރިއޯ ލިންކް އިންވެސްޓްމަންޓާއި ހަވާލުކޮށްގެންނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެ މިނިސްޓްރީއިން އަންނަނީ މިހާރު ވެސް ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް އަމާޒުކޮށް ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.