ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ބިނާކުރުމަށް ބިން ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބޭ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރައްވައިފިއެވެ. މިއީ މިމަހުގެ 7 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލު މިއަދު ރައީސް ތަސްދީގުކުރެއްވުމާއެކު، ދެން މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ބިން އެކަށައެޅުމުގެ އިޚްތިޔާރު، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށް ލިބިގެންދާނެއެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓު ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްޤީކުރުމަށާއި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްޤީކުރުމަށާއި، ޕްރައިވެޓް އައިލެންޑް ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި، ކަނޑައަޅާނީ ރައީސްކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުންވެސް، ދިވެހި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށާއި، ދިވެހިންނަށް މަންފާވާނެ ގޮތެއްގައި މި ދާއިރާ ހިންގުމަށްޓަކައި ވަނީ މުހިންމު އިޞްލާޙުތަކެއް ހިމަނާފައެވެ. އެގޮތުން، ޓޫރިޒަމްގެ ބޭނުމަށް މީހުން ދިރިއުޅޭ ރަށްތަކުން ދޫ ކުރާ ބިމާއި އެ ސަރަހައްދުގެ ރިސޯޓްތައް ތަރައްގީކުރުމަށް ދޫކުރާ ބިމުގެ ކުލި 50 އިންސައްތަވަނީ ކުޑަކޮށްފައެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވި އަމަލުކުރެވެން ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.