ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ގއ. ވިލިނގިއްޔަށް ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނަށް ވިލިނގިއްޔަށް ފުރާވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ވިލިނގިލީ ޑްރަގް ސެންޓަރު ހުޅުވައިދެއްވުމަށާއި، ވިލިނގިލީގައި ނެއިބަރހުޑް ޕޮލިސްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އަދި ގއ. ވިލިނގިލީ ކައުންސިލާއި އެ އަތޮޅުގެ އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.