ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ހަސަން (ލަކުޑި ސޭޓު) މިއަދު އަވަހާރަވެއްޖެއެވެ.
އިބްރާހިމް ހަސަނަކީ ދިވެހިރާއްޖޭގައި ލަކުޑި ވިއްކުމުގެ ވިޔަފާރި އެންމެ ފުރަތަމަ ފެއްޓެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އުފުރުފުޅުން 65 އަހަރުގެ ލަކުޑި ސޭޓު އަވަހާރަވެފައިވާކަން އިނގުނީ، މިއަދު ހެނދުނު ހޭނުލުމުން ބެލިއިރުއެވެ. މިހާރު އޭނާގެ ހަށިގަނޑު އޮތީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި އާއިލީގޮތުން ގުޅުން އޮންނަ ލަކުޑި ސޭޓުވަނީ ޖޭޕީގެ ކައުންސިލް މެމްބަރުކަންވެސް ކުރައްވާފައެވެ.
އިބްރާހިމް ހަސަން އަވާހަރަވިއިރު ދުނިޔޭގައި އަނބިކަނބަލުން އަދި އެއް ފިރިހެން ބޭފުޅަކު އެބަހުއްޓެވެ.