މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް 20 ބޭފުޅަކަށް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އިނާމުތައް ދެއްވީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މި އިނާމަށް ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސް އެކުލަވާލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. މި އިނާމް ލިބުނު 20 ބޭފުޅުންގެ ތެރޭގައި ހިމެނެނީ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި:

1. ޑޮކްޓަރ ނައުޝާދު މުޙައްމަދު، މއ. އަމީނީވިލާ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި:

  • މާސްޓަރޒް ޑިގްރީ
  1. އަލްފާޟިލާ މަރްޔަމް އަނާ ޙަސަން، މއ. ހުދުއާނު
  2. އަލްފާޟިލް ޢަލީ ސުޒޭނު، ކުދިމާގެ، ހއ. އިހަވަންދޫ
  3. އަލްފާޟިލާ މުންޝިދާ އިބްރާހީމް، ގ. އޮނުހިރި
  4. އަލްފާޟިލާ ޢުޒްމާ ޢަބްދުއްލަޠީފް، މ. ކޮކާވިލާ
  5. އަލްފާޟިލް އަޙްމަދު ފިޟާލް، ވެނީލާގެ، ރ. އަލިފުށި
  6. އަލްފާޟިލާ މަރްޔަމް ނަޒާހާ، މ. ލުނާވަ
  7. އަލްފާޟިލާ މަރްޔަމް މޫނިސާ ޙުސައިން، ކަރަންކާވިލާ، ސ. ފޭދޫ
  8. އަލްއުސްތާޛާ އާމިނަތު ރަޝްފާ، ދިލާސާގެ، އއ. ފެރިދޫ
  9. އަލްއުސްތާޛާ އާމިނަތު އީމާން ޢަބްދުލްޣަފޫރު ، މއ. ރޯޒް 1
  • ބެޗްލަރސް ޑިގްރީ
  1. އަލްފާޟިލާ ފާޠިމަތު މިޒުނާ، ކަނީރުހިޔާ، ރ. ރަސްގެތީމު
  2. އަލްފާޟިލާ ޢާއިޝަތު ލަމްޙާ ޙުސައިން ރަމީޒު، ވާދީ، ނ. ކުޑަފަރި
  3. އަލްއުސްތާޛު ޙަސަން ސާމިލު، ތަރި، ޅ. ކުރެންދޫ
  4. އަލްފާޟިލާ އަމާނީ އަޓިއެނޯ އޮންޔަންގޯ، ގ. ކިސޫމޫ

ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވީ:

  1. އަލްފާޟިލާ ސިފުނާ އިބްރާހީމް، ފެހިވާދީ، މ. މުލައް
  2. އަލްފާޟިލާ މިޝްކާ އަފްރާޙް ޙަސަން ، ހ. އަރުމްލިލީ
  3. އަލްފާޟިލް ޙުސައިން ޒަޔާން ޝަހީދު ޒަކީ، މ. ނޫރާނީގެ
  4. އަލްފާޟިލާ ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު، ދަފްތަރު ނަންބަރު ރސ 4843
  5. އަލްފާޟިލާ އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤު، ދަފްތަރު ނަންބަރު ރސ 4844
  6. ސްޓާފް ސާޖަންޓް ޙަސަން ސާއިދު، ނިޔަމި، ކ. ގާފަރު

މީގެއިތުރުންވެސް، ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި 4 ޙާފިޡަކަށް ރައީސް މެޑަލް ދެއްވާފައިވެއެވެ. އެއީ:

  1. އަލްޙާފިޡާ ޢާއިޝަތު ރަފާހު ޢަލީ، މއ. ހެބޫދޫގެ
  2. އަލްޙާފިޡާ ނަވާރު ފިރާޤް މުޙައްމަދުފުޅު، ވިންޓަރގްރީން، ޅ. ނައިފަރު
  3. އަލްޙާފިޡް އަޙްމަދު ޒަވްލު، ޝަބްނަމީގެ، ދ. ކުޑަހުވަދޫ
  4. އަލްޙާފިޡް މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމް، މއ. ރިހިރާޅު

މި ޖަލްސާގައި ވާހަކަދައްކަވަމުން ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ރައީސްވަނީ ތަހުނިޔާ ވިދާޅުވިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.