ފްލޫނިއާ މަގުގެ މަސައްކަތް ކުރިޔަށް ދަނީ == ފޮޓޯ: އާރްޑީސީ

 މާލޭ ސްޓްރީޓް ސްކޭޕިން ޕްރިޖެކްޓްގެ ދަށުން ކުރިޔަށް ގެންދާ ފްލޫނިއާ މަގުގެ ބްލޮކް - 4 ގެ މަސައްކަތްތަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީން ކުރި ޓުވީޓެއްގައި ބުނީ، ފްލޫނިއާ މަގުގެ ބްލޮކް - 4 ގެ މަސައްކަތް ކުރިޔަށް ގެންދަން ގޮންޖެހުން ބޮޑު ނަމަވެސް، އެ މަގުގައި ހޮޅިތަކުގެ އިތުރުން ނަރުތައް ވަކި ނިޒާމެއްގެ ތެރެޔަށް ފެއްތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ފްލޫނިއާ މަގުގެ މަސައްކަތުގެ ދަށުން ހޮޅިތަކާއި، ނަރުތައް ވަކި ނިޒާމަކަށް ފައްތާ، ގާއިމުކުރާނީ އިތުރަށް ގެއްލުން ނުވާނެހެން. މިހާރު ކުރިޔަށް ދަނީ ފާހާނާ ހޮޅިތައް ވަޅުލުމުގެ މަސައްކަތް." އާރްޑީސީން ކުރި ޓުވީޓުގައި ވަނީ ބުނެފައެވެ.

އާރުޑީސީން 2019 ވަނަ އަހަރުފެށި މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން މާފަންނުގެ ގިނަ މަގުތަކެއް މިހާތަނަށް ހަދާ ނިންމާލާފައިވާއިރު، ގިނަ މަގުތަކެއް އާންމުންނަށްވެސް ވަނީ ހުޅުވާލެވިފައި ކަމަށް އާރްޑީސީން ބުނެއެވެ.

ޖުމްލަ 462 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާއި ޕާކިންގެ މައްސަލައަށް ހައްލެއް އަންނާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ގާތްގަނޑަކަށް 416 މަގެއް ތަރައްގީ ކުރެވިގެންދާނެ ކަމަށް އާރްޑީސީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *