ބުރާސްފަތި ދުވަހުގެ ހަވީރު ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކުގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
ދޯންޏަކަށް ތެޔޮ އެޅުމުގެ ތެރޭގައި ހިނގި މި ހާދިސާގައި ދެ ދޯންޏެއްގައި އަލިފާން ރޯވެފައިވެއެވެ. މި ހާދިސާގައި ފިހިފައިވަނީ ދިވެއްސަކާއި ބިދޭސީމީހެކެވެ. މީގެ ތެރެއިން ބިދާސީ މީހާއަށް މާ ބޮޑު އަނިޔާތަކެއް ވެފައިނުވާތީ، ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
އައިޖީއެމްއެޗްއިން މިއަދު މައުލޫމާތު ދީފައިވާ ގޮތުގައި، ދިވެހި މީހާގެ ހަށިގަނޑުގެ 20 އިންސައްތަ ވަނީ ފިހިފައެވެ. އޭނާއަށް މިހާރު ފަރުވާދެމުންދަނީ އައިސީޔޫގައެވެ.