ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮލިވިއަރ ޖިރޫ އެ ޓީމު ދޫކޮށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 34 ގެ ޖިރޫ ގެ ޓްރާންސްފަރ ގެ ކަންކަން މި ހަފްތާ ނިމުމުގެ ކުރިން އެއްކޮށް ފުރިހަމަކުރެވޭނެ ކަމަށާއި އޭނާ އެއްބަސްވާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާސެނަލް ދޫކޮށް 18 މިލިއަން ޕައުންޑްގެ ފީއަކަށް ޖިރޫ ޗެލްސީއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އޭނާ ވަނީ މިދިޔަ މަހުގެ ތެރޭގައި 2022 ވަނަ އަހަރުގެ ނިޔަލަށް ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން ވެސް އައުކޮށްފައެވެ.

މިދިޔަ ސީޒަނުގައި ކުޅުނު 31 މެޗުގައި ޖިރޫ 11 ލަނޑު ޖަހާފައިވެއެވެ. އެހެން ނަމަވެސް ޖަރުމަނުގެ ޓީމޯ ވާނާރ އަދި ކައި ހަވާޓްޒް ގެނައުމާއި ގުޅިގެން އޭނާއަށް ކުޅެން ލިބުނު ފުރުސަތުތައް މަދުވެފައިވެއެވެ.

ޗެލްސީއަށް ޖުމްލަ 119 މެޗުގައި އޭނާ ވަނީ 39 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ. އަދި އޭނާ ވަނީ އެ ޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް އަދި ޔުރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *