ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައީސް ސޯލިހް، ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ، ކުޅުދުއްފުށި ސިޓީއަށާއި، ހދ. ކުމުންދޫގެ އިތުރުން ހދ. ހަނިމާދޫއަށެވެ. މި ރަށްތަކަށް ވަޑައިގަންނަވާނީ މިމަހު 16 ވަނަ ދުވަހުން 18 ވަނަ ދުވަހަށެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހްގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްގީގެ މަޝްރޫއުތަކާއި ހުދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް، ރައީސް ސޯލިހް ވަނީ  ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފައިވާ ކަން ރައީސް އޮފީހުން ފާހަގަކުރެއެވެ. އެގޮތުން، މިހާތަނަށް ޖުމްލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި، 69 ރަށަކަށް އެ މަނިކުފާނު ވަނީ ޒިޔާރަތްކުރައްވާފައިވާ ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.
ހަމައެއާއެކު، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ހާލަތަށް އައިސްފައިވާ ބަދަލާ އެކު، އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްގީގެ މަޝްރޫއުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *