މި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހާ ހަމަޔަށް ރާއްޖެއަށް 66،069 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިހާތަނަށް އެއް މަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ބެލެވެނީ މި މަހުއެވެ. އެގޮތުން، މިނިސްޓްރީއިން ކޮންމެ ހަފްތާއަކު ނެރޭ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން އެއް މަހުން އަނެއް މަހަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. ޖުލައި މަހު 1،752 ފަތުރުވެރިން އައިއިރު އޮގަސްޓް މަހު 7،628 ފަތުރުވެރިން އައިސްފައިވެއެވެ. ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން އައިސްފައިވާއިރު އޮކްޓޯބަރު މަހުގެ ނިޔަލަށް އައިސްފައިވަނީ 21،515 ފަތުރުވެރިންނެވެ. އަދި ނޮވެމްބަރު މަހު 35،759 ފަތުރުވެރިން އައިސްފައިވާއިރު މި ޑިސެމްބަރު މަހު އޭގެ ދެގުނައަށްވުރެ އިތުރަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެއެވެ. 

ބޯޑަރު ހުޅުވާލިފަހުން ދިވެހިރާއްޖެއަށް އެންމެ ގިނައިން އައިސްފައިވަނީ ރަޝިޔާގެ ފަތުރުވެރިންނެވެ. ރަޝިޔާގެ 26،555 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައިގައި އޮތް އިންޑިއާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 23،858 ފަތުރުވެރިންނެވެ. ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވަނީ 16،987 ފަތުރުވެރިންނެވެ. 

ކޮވިޑް 19 ކޮންޓްރޯލްކުރުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެފަހުން މިހާތަނަށް 142،210 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، 2020 ވަނަ އަހަރު ޖުމްލަ ޒިޔާރަތްކޮށްފައިވަނީ 525،057 ފަތުރުވެރިންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.