ސިނޮފާމް ވެކްސިން

ދުނިޔޭގެ ފަގީރު އަދި މެދު ފަންތީގެ ގައުމްތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމައިފިއެވެ.

ޖަޕާނުން ވަނީ ކޮވެކްސް ފެސިލިޓީއަށް އިތުރު 800 މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމާފައެވެ. އެއީ ކުރިން ހަދިޔާކުރި 200 މިލިއަން ޑޮލަރުގެ އިތުރަށެވެ.

ޖަޕާނުން ވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް 10 ގައުމަކަށް ވެކްސިންގެ 11 މިލިއަން ޑޯޒް ފޯރުކޮށްދޭން ނިންމާފައެވެ. އަދި މި ލިސްޓުގައި ރާއްޖެ ހިމެނުމަށް ވެސް ވަނީ ނިންމާފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓުގައި ވަނީ ވެކްސިން ލިބޭ ލިސްޓުގައި ރާއްޖެ ހިމެނުމުން އެކަމަށްޓަކައި ޖަޕާނު ސަރުކާރަށް މަރުހަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖެއާއި ޖަޕާނާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވުމުގެ ހެއްކެއް ކަމަށެވެ.

ނަމަވެސް، ކޮވެކްސް މެދުވެރިކޮށް ޖަޕާނުން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވަނީ ކޮން ވެކްސިން އެއް ކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖަޕާނުގެ އިތުރުން ކެނަޑާއިންނާއި، އެމެރިކާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފައެވެ.

ޖަޕާނަކީ ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކައި އެންމެ ބޮޑު ފައިސާގެ އެހީ ދޭން ނިންމި ގައުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *