އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ވިސްނާ" ޖަލްސާ ބޭއްވުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން ދީފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވެވި ނޫސްވެރުންގެ ބައްދަލުވުމުއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވަނީ މިކަން ކަޝަވަރުކޮށްދެއްވާފައެވެ. ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ ބޭއްވުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. 

އެގޮތުން، އެ ސަރަހައްދުގައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ފުލުހުން ދެއްވާފައިވާކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. 

ގައިދުރުކަމާއެކު އަތް ދެވެވޭނެ އަދި ސެނެޓައިޒްކުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި، އެޗްޕީއޭގެ ގައިޑްލައިންތަކަށް ހުރިހާ ބޭފުޅުންވެސް އަމަލުކުރެއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައެވެ. 

މި ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.