އަރާ ފޭބުމުގެ ދަތިކަން ދިމާވެފައިވާ ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 62 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މިކަން ހާމަކުރީ މި މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 40 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން 130 މީޓަރުގެ ބޭރު ތޮށިލުމާއި، 282 މީޓަރު ރިވެޓްމެންޓް ޖެހުމާރި، 214 މީޓަރު އެއްގަމު ތޮށި ހެދުމާއި، ބަނދަރުގައި ރޭމްޕެއް ހެދުމާއި، ވޯކްވޭ ބްރިޖެއް ހެދުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމެންޓެއް ހެދުމާއި، ބަނދަރު ފުންކުރުމާއި ބަނދަރު ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުންވެސް، 4 ނެރު ބައްތި ޖެހުމާއި، ބަނދަރު ސަރަހައްދުގައި 10 ލައިޓް ޖެހުމުގެ އިތުރުން 6 މޫރިން ބްލޮކް ހަރުކުރުމަށް ވަނީ ނިންމާފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރައިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތަކީ 28،247،365.48 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 10 ނޮވެމްބަރު 2019ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.