އޮސްޓްރޭލިއާގައި ކޮވިޑް-19 އާއި ގުޅިގެން މި އަހަރުގެ ފުރަތަމަ މަރު ރިޕޯޓުކޮށްފިއެވެ.

ކޮވިޑާ ގުޅިގެން މި އަހަރުގެ ފުރަތަމަ މަރު އޮސްޓްރޭލިއާއިން ރިޕޯޓްކޮށްފައި މިވަނީ ޑެލްޓާ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުން އަންނަ ދަނޑިވަޅެއްގައެވެ. އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ މަރުވި 90 އަހަރުގެ އަންހެން މީހާ މަރުވެފައިވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނުތާ ދެތިން ގަޑިއިރުތެރޭގައެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސް (އެންއެސްޑަބްލިޔު) ގައި ކޮވިޑް ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު، މި އަހަރު ތެރޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް ކޭސްތައް އެގައުމުން ރިޕޯޓްކޮށްފައި ވަނީ އިއްޔެއެވެ. އެއީ 77 ޕޮޒިޓިވް ކޭސްއެވެ.

އޮސްޓްރޭލިއާއިން މިދިޔަ ހޮނިހިރު ދުވަހު ކޮވިޑަށް 50 މީހަކު ޕޮޒިޓިވްވެފައިވާއިރު، ބައްޔަށް 600 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ އާދިއްތަ ދުވަހު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 33 މީހަކު ވަނީ ކޮވިޑްގެ އަލާމާތެއް ފެންނަނަން ނެތުމުން، ކޮވިޑަށް ޕޮޒިޓިވްކަން ނޭނގި އާންމުންގެ ތެރޭގައި އުޅެފައިކަމަށްވެސް އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

އޮސްޓްރޭލިއާގެ އެންމެ ބޮޑު ސިޓީ، ސިޑްނީގައި ލޮކްޑައުން އިއުލާން ކޮށްފައިވާއިރު، މިހާރު ކޮވިޑަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ ތެރެއިން ކޮންމެ ދިހަ މީހަކުން އެކަކު ހާލު ދެރަވެ، ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދޭންޖެހޭ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނެއެވެ.

މިދިޔަ އަހަރު ކޮވިޑް  ފެތުރެން ފެށި ފަހުން އޮސްޓްރޭލިއާގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 31،000 އެއްހާ މީހުންނެވެ. އަދި މި ބަލީގައި މިހާތަނަށް ޖުމްލަ 911 މީހަކު ވަނި މަރުވެފައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އަޅާބަލާއިރު، އޮސްޓްރޭލިއާގައި ވެކްސިން ޖެހުމުގެ މަސައްކަތް ރަނގަޅަށް އަދި ކުރިޔަށް ނުގެންދެވޭ އިރު، ވެކްސިން ހޯދުމުގެ ދަތިތަކާ ހުރެ މިވަގުތު އޮސްޓްރޭލިއާގައި ވެކްސިން ޖަހައިދެމުން އަންނަނީ 40 އަހަރުން މަތީގެ ހައި ރިސްކް މީހުންނަށް އެކަނިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *