ރ. އުނގޫފާރު މަގުތައް ހެދުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ފަށާފައިވާ ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ. މި މަޝްރޫއުގެ ދަށުން އެރަށުގައި ގާއިމްކުރި ފެން ހިންދާ ނިޒާމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީއިން މީގެކުރިން ހާމަކޮށްފައިވެއެވެ. 

މި މަޝްރޫއުގެ ދަށުން އެރަށުގެ މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 19 މިލިއަން ރުފިޔާ ޚަރަދު ކުރެވިގެންދާނެއެވެ. މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.