އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލާއި، ލަކްސް ރިސޯރޓްސް އަދި ޕީ.އެމް.އޭ ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓްގައި، ކޯވިޑް19 ޕީސީއާރ ޓެސްޓް ހަދާ ޒަމާނީ ލެބެއެއް ބުދަ ދުވަހު ހުޅުވާފައިވާކަމަށެވެ. މި ލެބޯޓްރީ ގައި ބޭނުންކުރާނީ ޖަރުމަން ވިލާތުގެ ރޯޗްމަރުކާގެ ލައިޓް ސައިކްލަރ 480 ޕީސީއާރް މެޝިން އަދި މެގްނާ ޕިއޯރ އެކްސްޓްރެކްޓަރ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. 

އޭޑީކޭން ބުނި ގޮތުގައި މިއީ ދުނިޔޭގައި މިހާރު ކޮވިޑް19 ޕީސީއާރ ޓެސްޓް ހަދާ އެންމެ މަތީފެންވަރުގެ ފުލީ އޮޓޮމޭޓެޑް ލެބޯޓްރީއެކެވެ. އަދި މި ލެބް ހުޅުވުމުގެ ސަބަބުން ކޮވިޑް19 ޕީސީއާރ ޓެސްޓް ހަދަންޖެހޭ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

އޭޑީކޭން ބުނީ މި ލެބް ހުޅުވުމާއެކު ޓީ.އެމް.އޭ ގައި ހުންނަ ފެބްއިން ސާމްޕަލް ނެގުމާ އެކު ރިސޯރޓްސް ތަކުންނާއި ރަށްރަށުން ގެންނަ ސާމްޕަލް ބަލައިގަނެ އަދި ޓެސްޓުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން އެއާރޕޯޓް ފެރީ ޓާރމިނަލްގަ ވެސް ސާމްޕަލް ޑްރޮޕް-އޮފް ޕޮއިންޓެއް ވާނީ ގާއިމްކުރެވިފައިކަމަށް އޭޑީކޭން ބުންޏެވެ.

ހޮސްޕިޓަލުން ބުނީ މި ލެބް ހުޅުވުމުން އޭޑީކޭ ހޮސްޕިޓަލް މެދުވެރިވެގެން ޕީސީއާރ ޓެސްޓް ހެދޭ ކެޕޭސިޓީ ދުވާލެއްގެ މައްޗަށް 2000 ޓެސްޓަށްއިތުރުވެގެން ދާނެ ކަމަށެވެ. އަދި ލެބޯޓަރީއާއި އެކު މަސައްކަތުގެ އެފިށެންސީ އަށް ކުރިއެރުން އައިސްފައިވާ ކަމަށާއި، ކޯވިޑް19 ޕީސީއާރ ޓެސްޓް ހަދައިދޭ އަގުތައްވެސް ވާނީ ކުޑަކޮށްފައިކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލުން ދިވެހީންނަށް ޓެސްޓް ހަދައިދޭ އަގު، 1200.00 ރުފިޔާއިން، 1000.00 ރުފިޔާއަށް ވަނީ ކުޑަކޮށްފަ އެވެ. އަދި ޓޫރިސްޓުންނަށް ޓެސްޓް ހަދައިދޭ އަގު 80.00 އެމެރިކާ ޑޮލަރުން، 70.00 އެމެރިކާ ޑޮލަރަށް ކުޑަކޮށްފައިވެއެވެ.

މި ލެބޯޓްރީ ހުޅުއްވާދެއްވީ، އެކަމަށްޓަކައި ބޭއްވުނު ވާރޗުއަލް ޙަފްލާއެއްގައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރޢަބްދު ﷲ މައުސޫމް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.