ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް 19 އަށް 13 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މި 13 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮސިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،537 އަށް އަރާފައެވެ. އޭގެތެރެއިން 12،983 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ހަތް މީހަކު މާލެއިން ޕޮޒިޓިވްވިއިރު އޮޕަރޭޓްކުރަމުންދާ ރިސޯޓްތަކުން ފަސް މީހުން އަދި އެހެނިހެން ރަށްތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ 2455 ސާމްޕަލް ޓެސްޓް ކުރެވިފައެވެ.
އެކްޓިވް ކޭސެސްގެ ގޮތުގައި 488 ކޭސް ހިމެނޭއިރު މިހާތަނަށް މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 48 މީހަކު މަރުވެފައެވެ.